ޝިފްޒާ "ސީއެންއެމް" އަށް ވިދާޅުވީ އާންމުކޮށް ރޯދަމަހާ ދިމާކޮށް މިފްކޯގެ މަސްދަޅަށް ޑިމާންޑް ބޮޑުވާ ކަމަށާއި މިފަހަރުވެސް ޑިމާންޑް ބޮޑުވެފައިވާއިރު، ހުރިހާ ރައްޔިތުންނަށް ވެސް މަސްދަޅު ލިބޭކަން ކަށަވަރުކުރުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް ދަނީ އަޅަމުން ކަމުގައި އެވެ.
ޝިފްޒާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެ ފިޔަވަޅުތަކާއެކު މިފްކޯގެ ފިހާރަތަކުން މަސްދަޅު ހުސްނުވެ، ރައްޔިތުންނަށް ދަނީ ފޯރުކޮށްދެމުން ކަމުގައި އެވެ.
ރޯދަމަހުވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި އެެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ދުވަސްކޮޅު ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަސްވެރިކަން ދަށްވެފައި އޮތުމަށް ފަހު އަނެއްކާވެސް ރަނގަޅު ވަމުން އަންނަ ކަމުގައި އެެވެ.
އެހެންނަމަވެސް އަދިވެސް އާންމު އެހެން ދުވަސްވަރު ތަކާއި އަޅާ ބަލާ އިރު މަސް ކިރުވާ މިންވަރު ކޮންމެވެސް ވަރަށްކަަށް ދަށްވި ނަމަވެސް މަސްދަޅު ލިބުމުގައި ދަތިކަމެއް އަންނާނެ ކަމަށް ފާހަގަ ނުކުރެވޭ ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިފްޒާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް އަންނަންވާއިރަށް މި މައްސަލައަށް އެއްކޮށް ހައްލެއް ލިބި، ހާލަތު އާންމު އުސޫލަށް ރުޖޫއަވާނެ ކަމަށެވެ.
މި ސަރުކާރުން އަންނަނީ ކޮންމެ ރަމަޟާން މަހަކު، ސަރުކާރުގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރަމުންނެވެ.
މިދިޔަ ރޯދަ މަހު ވެސް 80،000އަށްވުރެ ގިނަ މަސްދަޅު ކޭސް ހަދިޔާގެ ގޮތުގައި ދޫކުރިއެވެ.