ads
ފުލުހުން ވެހިކަލް އެއް ހުއްޓުވާ މީހަކާއި ސުވާލު ކުރަނީ
ޕޮލިސް ކޮމިޝަނަރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. 

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. އެހެންވެ، މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަން ކުރީ އަލީ ސުޖާއު އެވެ. އެކަމަކު، އޭޕްރީލް، 2025، ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވައިފަ އެވެ.

ފުލުހުންގެ ގާނޫނު ބުނާގޮތުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުމަށްފަހު ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;