ތިނަދޫ ހޮސްްޕިޓަކލްގެ އާ އިމާރާތުގެ އިތުރުން އެމް.އާރް.އައި ހިދުމަތަށް ބޭނުންވާ މަސައްކަތްތައް ފެށުމުގެ އިތުރުން، ހައިޕާބެރިކް އޮކްސިޖަން ޗޭމްބަރު އިންސްޓޯލްކުރުމުގެ ހިދުމަތްވެސް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
މި މަސައްކަތްތައްް ރަސްމީކޮށް ފައްޓަވާދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމީޝީދާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ސިޓީގެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުންވެސް ބައިވެރިވިއެވެ.
ތިނަދޫ ހޮސްްޕިޓަލް މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެެ ތެރޭގައި ނިންމާގޮތަށެވެ. މަސައްކަތުގެެ އަގަކީ 144.43 މިލިއަން ރުފިޔާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;