ads
ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި ހުޅުވައިފި: ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު މިހާރު ވިލިމާލެއިން ލިބޭނެ - ފޮޓޯ: ދިރާގު
ދިރާގުގެ ޕާޓްނަރު ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި
ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި އެވެ.
Advertisement

ވިލިމާލޭގެ މުހްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ. މިއާ އެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެއަށް ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބޭނެ އެވެ. 

މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ޚިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޚިދުމަތްތަކަށް ފައިސާ ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތް ނެގުން
  • ޕްރީޕެއިޑް ރީޗާޖުކުރުން
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ "ލިމިޓެއްނެތް ފައިބާ 20އެމް" އަދި މަތީގެ ޕެކޭޖްތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ޚިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;