ads
އަލިމަތާ ރިސޯޓުން މޫދަށް ކުނި އަޅަނީ - ފައިލް ފޮޓޯ
މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރެވޭ ގަވައިދެއް ހަދަނީ
ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްތަރު ތޯރިގު ވިދާޅުވީ، މޫދަށާއި، ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ. އަދި އެ ކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ އިގްތިސޯދާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ މިކަންތައް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ. އެކަން ހައްލުކުރެވެން އޮތީ ފިޔަވަޅު އަޅައިގެން ކަމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ރައްކާތެރިގޮތުގައި ކުނި މެނޭޖުނުކޮށް، ވެށި ހަލާކުވެދާނެކަންތައް ކުރާ ފަރާތް ހާއްސަކޮށް ކުނި އަޅާ ފަރާތްތައް، މޫދަށް ކުނިއަޅައިފި ނަމަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެ ފަރާތްތައް ޖޫރިމަނާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް 3 ގަވާއިދެއް އެކުލަވާލާ، 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކޮށް އަމަލުކުރަން ފަށާނެ ކަމަށް ވެސް  ތޯރިގު ވިދާޅުވި އެވެ.

ތޯރިގު އިތުރަށް ވިދާޅުވީ، މިހާރު ކުރަމުންދަނީ މި ގަވާއިދުތައް އެކުލަވާލުމުގެ އެންމެފަހު މަރުހަލާތަކުގެ މަސައްކަތް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ، ކުނި މެނޭޖު ކުރުމުގެ އާއްމު ގަވާއިދެއް އެކުލަވާލުމާއި، ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދާއި އަދި އެއްފަހަރު ބޭނުންކޮށް އުކާލާ ކުންޏާއި ގުޅޭ ގަވާއިދެއް ކަމަށެވެ. މި މަސައްކަތްތަކުގެ ސްޓޭކް ހޯލްޑާ ކޮންސަލްޓެންސީގެ މަސައްކަތް ނިމި، ގާނޫނީ ބައިތައްވެސް ނިމިފައިވާ ކަމަށް ތޯރިގުވިދާޅުވި އެވެ.

މީގެއިތުރުން ކުނިން ތަކެތި އުފައްދާ މީހުން، އެ ޕްރޮޑަކްޓެއް ބޭނުންކުރުމަށްފަހު ކުންޏާމެދު ޒިންމާ ވާނެ ގޮތްތަކަކާ ގުޅޭގޮތުން "އެކްސްޓެންޑެޓް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ" ގެ ނަމުގައި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;