އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި ހިޔާ ފްލެޓްތަކުގެ ވެރިންނަށް އެގޮތަށް ނިންމާފައިވާކަން ހާމަކޮށް މިއަދުން ފެށީގެން ދަނީ ސިޓީ ފޮނުވަމުންނެވެ.
އެ ސިޓީގައި ލިޔެފައިވާ ގޮތުން ކުއްޔަށް މި ބަދަލު މި ގެންނަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ 200،000ރ. ދޭނެ ކަމަށް "ރައީސުލުޖުމްހޫރިއްޔާ ވެވެޑައިގެންނެވި ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި" ކަމަށެވެ.
އެޗްޑީސީން އެ ސިޓީގައި ބުނި ގޮތުގައި، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓު ދީ ހަމަވުމުން، ފުލެޓުގެ އަގު ދައްކާ ޚަލާސްކުރެވެން ދެން މަހު ކުއްޔަކީ، 5،300 ރުފިޔާއެވެ.
އެހެންވެ، މި ކަމާ ގުޅިގެން އެއްބަސްވުމަށް ގެންނަން ޖެހޭ ބަދަލުތައް ވީއެންމެ އަވަހަކަށް ގެނެވޭނެ ކަމަށް އެޗްޑީސީން ފާހަގަކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުގެ ކުލި ކުޑަވިއަސް، އެ ފީ ނުދައްކާ މައްސަލަ ވަރަށް ބޮޑެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;