ads
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް
39 ގައުމަކަށް ހިލޭ ވިސާ ޕްރޮގްރާމެއް ލަންކާއިން ތައާރަފްކޮށްފި، ރާއްޖެ ނުހިމެނޭ!
ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން، ހޮވާލެވޭ 39 ގައުމަކުން ޕާސްޕޯޓް ހޯލްޑަރުންނަށް ހިލޭ ޓޫރިސްޓް ވިސާ ދިނުމުގެ ހަ މަސް ދުވަހުގެ ޕްރޮގްރާމެއް ލަންކާ ސަރުކާރުން ތައާރަފް ކޮށްފި އެވެ.
Advertisement
މި ޕްރޮގްރާމަކީ ލަންކާ ސަރުކާރުން 21 ޖުލައި 2025 ގައި ރުހުން ދީފައިވާ ނިންމުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. ބޭނުމަކީ ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލުއި ދިނުމެވެ.
ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ގާނޫނުގެ ދަށުން ހިލޭ ވިސާ ދޫކުރުމަށް ނިންމިއިރު މެދުއިރުމަތީގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ގައުމުތަކުން އަންނަނީ ފަތުރުވެރިންނަށް ލުއި ދިނުމުގެ ގޮތުން "ޓޫރިސްޓް ވިސާ" އަށް ދެވެން އޮތް ލުޔެއް ދެމުން ނެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި ފިޔަވަޅަކީ ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ވެ، ދަތުރުފަތުރުގެ "ފަސޭހަ" މަންޒިލެއްގެ ގޮތުގައި ލަންކާ ބޭއްވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ލަންކާއިން ހަ މަސްދުވަހުގެ ހިލޭ ވިސާ ލިބޭ ގައުމުތަކުގެ ގޮތުގައި ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގައުމުތަކަކީ:

  • އޮސްޓްރޭލިއާ
  • ނިއުޒީލެންޑެ
  • މެލޭޝިޔާ
  • ނޯވޭ
  • ޗެކް ރިޕަބްލިކް
  • އޮމާން
  • ޕާކިސްތާން
  • އިސްރާއީލު
  • އީރާނު
  • އިންޑޮނޭޝިއާ
  • ޑެންމާކު
  • ޖަޕާނު
  • އިޓަލީ
  • ކަޒަކިސްތާން
  • ނޭޕާލް
  • ނެދަލެންޑްސް
  • ފިންލޭން
  • ފްރާންސް
  • އިންޑިއާ
  • ޖަރުމަނު
  • ބަހްރެއިން
  • ޗައިނާ
  • ކެނެޑާ
  • އޮސްޓްރިއާ
  • ބެލަރޫސް
  • ގަތަރު
  • ޕޮލެންޑް
  • ސައުދީ
  • ރަޝިޔާ
  • ތައިލެންޑް
  • ދެކުނު ކޮރެއާ
  • ސްޕެއިން
  • ސްވިޒަލޭންޑް
  • ސްވިޑެން
  • ބެލްޖިއަމް

ލަންކާއަކީ ޗުއްޓީ ހޭދަ ކުރުމަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމެވެ. މީގެ އިތުރުން ލަންކާ އަކީ އެކި ބޭނުންތަކުގައި ވަރަށް ގިނަ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. ނަމަވެސް ލަންކާ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އަމާޒުކޮށްފެށި މި ފަދަ ޕްރޮގްރާމެއްގައި ހަ މަސް ދުވަހު ހިލޭ ވިސާ ލިސްޓްގައި ރާއްޖެ ނެތުމުން ބައެއް މީހުން އަންނަނީ އެ ވާހަކަ ދައްކަމުން ނެވެ. ބޮޑަށް ބެލެވެނީ ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ލިސްޓްގައި ރާއްޖެ "ކައުންޓް" ނުކުރުމެވެ.

ލަންކާގެ އިމިގްރޭޝަނުން ދޮންމަންމައިން ކަންކުރާހެން ލަންކާ އަށް ދާ ދިވެހިންނާއި މެދު ކަންކޮށްގެން ނުވާނެ ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އެމްބެސެޑަރު މަސްއޫދު އިމާދު މިފަހުން ވިދާޅުވި މައްސަލައެއް ވެސް ފެންމަތިވި އެވެ. 

ޑެއިލީ ނިއުސްއަށް ދެއްވި އިންޓަވިއުގައި މަސްއޫދު ކަންބޮޑުވުން ފާޅުކުރެއްވީ ދިވެހިންނަށް ވިސާ ހޯދުމަށް ލަންކާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އެގޮތަށް ކަންކަން ކުރަނީ، ރާއްޖެއަކީ ސަލާމަތީގޮތުން ރައްކާތެރި ގައުމެއްގެ ގޮތުގައި ލަންކާއިން ނުދެކޭތީ ކަމަށް ހީވާތީ، އެކަމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގައި ސުވާލުކުރުމުން އެކަމަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މަސްއޫދު ފާޅުކުރެއްވި އެވެ.

ދިވެހީން ވަރަށް އާއްމުކޮށް ގޮސް އުޅޭ, ލަންކާއަށް ދިއުމަށް ކޮންމެހެން ވިސާ ނަގާކަށް މިހާރު ނުޖެހެ އެވެ. އެއީ އޮންއެރައިވަލް 30 ދުވަހުގެ ހިލޭ ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީ އެވެ. ނަމަވެސް، އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;