ފުލުހުން ބުނީ މި ތަކެތި ފުލުހުންނަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް ކަނޑައަޅާފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް އީމެއިލް ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ބީލަމުގައި ރެޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 12 ވަނދުވަހުގެ މެންދުރު 12:00 ޖަހަންދެން ހުޅުވާލާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބޭނުންވާ ދިދަ އާއި އަދަދުތައް
ފުލުހުން ބުނީ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:30 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައިކަމަށެވެ. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;