ads
ރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ސުޕަ މެޖޯރިޓީ ހޯދުން ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއްކޮށްގެން: ރައީސް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއް ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބޭ ނިޒާމް ނެތިކޮށްލެވޭނީ އެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ގޮތުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަކީ ވެސް އެފަަދަ ކަމެކެވެ. މިހާރު އޮންނަ ގޮތުން ނަމަ ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ފަހު، ސަރުކާރެއް ހޮވުމުން ދެން މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ޕާޓީން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ގެއްލޭ ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމެއް ވިސްނުމެއް ނުހުންނަ ޒިންމާދާރު ކަން ކުޑަ ސުޕަ މެޖޯރިޓީއެއް އިންތިހާބު ވެއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތަކެއް ނުހިނގާނެ އެވެ. އެކަން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނިމުމަކަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސުޕަ މެޖޯރިޓީގެ ނިޒާމް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން." ރައީސް ވިދާޅުވި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް މިހާރު ވެސް އޮއްވާ އެ ގެއްލިގެންދާ ފަދަ ނިންމުމެއް ނިންމެވީ ކީއްވެގެންތޯ ސިޔާސީ ބޭފުޅުން އެމަނިކުފާނާ ސުވާލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ނިންމެވުމުގެ ސަބަބުން ސަރުކާރާއި ޕީއެންސީ އަށް ވާނީ ކޮން ސިޔާސީ ފައިދާތަކެއްތޯ ވެސް މެންބަރުން ސުވާލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;