ކުޅުދުއްފުށީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓެޔަޑު) އަލީ ޒުހައިރާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާވޫދާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހްމަދު އުރަފާއެވެ.
ކުޅުދުއްފުށީގައި އަޅާ މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއިއެވެ.
މި މަޝްްރޫއުގެ ދަށުން 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓުތައްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;