ads
ކުއްޑޫގައި ޑަރްގު ވިއްކާ ބޮޑެއްގެ ގޮތުގައި އުޅޭ މީހެއް
ގއ. ކޫއްޑޫގައި ޑްރަގު ވިއްކާ ބޮޑަކަށް ބަންގާޅު މީހެއް
ގއ. ކޫއްޑޫގައި ޑްރަގު ވިއްކާ ބަންގާޅު މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ  ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެރަށުގައި އޮޕަރޭޝަނެއް ހިންގިކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންކަމަށް ފުލުުން ބުނެ އެވެ. 

މި އޮޕަރޭޝަންގައި، ކޯޓު އަމުރުގެ ދަށުން އެމްޑީ ހާރިސް މިއަރ، ބަންގްލަދޭޝް (37) ހައްޔަރުކޮށް، ކޫއްޑޫގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 66 ގުރާމު ހުރިކަމަށް ފުލުހުން ބުނެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް