ޒުވާން މި ދެ އަންހެނުން ވަގު ސްްލިޕެއް ދައްކައިގެން ވިޔަފާރިކޮށްފައިވަނީ ނޯޓުގެ ނިއު އެޑިޝަން ފިހާރައަކުންނެވެ. ނޯޓް އެޑިޝަނުން ބުނީ މި ދެ އަންހެނުން އެތަނުން ވަގު ސްލިޕް ދައްކައިގެން 8,788.29 އަގުހުރި މުދާތައް ގެންގޮސްފައިވާކަމަށެވެ.
އެ ފިހާރައިން ވަނީ މި މީހުން އެތަނުގައި އުޅޭ މަންޒަރާއި ވަގު ސްްލިޕް ދެއްކުމަށްފަހު މުދާތައް ހިފައިގެން ނުކުމެގެންދާ މަންޒަރު ފެންނަ ވީޑިއޯ އާއްްމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުންް މި ދެ ޒުވާނުންގެ ތެރެއިން އެކަކު ހުރީ ބުރުގާ އަޅާ މާސްކު އަޅައިގެން މޫނުވެސް ނިވާކޮށްގެންނެވެ. އަދި ވިޔަފާރިކުރުމަށްފަހު ފޭކް ސްލިޕް ހަދާ ކައުންޓަރަށް ދައްކަނީވެސް އެ ޒުވާނާއެވެ. އޭނާ ފައިސާ ދެއްކުމުން ކޮތަޅުތައް ހިފައިގެން ދަނީ ދެން ހުރި ޒުވާނާއެވެ. ވީޑިއޯއިން ފެންނަ ގޮތުން އެމީހުން ގަތް ތަކެތި ތިން ކޮތަޅޫ ފުރެންދެން އަޅާފައި ހުރެއެވެ.
ވަގު ސްލިޕްތައް ދައްކައިގެން ވިޔާފަރި ކުރި ދެ މީހުން
ނޯޓުގެ ނިއު އެޑިޝަން އާޢްމުކުރި ވިޑިއޯގައި ބުނީ މި ދެމީހުން ހޯދާދައިދޭ މީހަކަށް އިނާމެއްވެސް ލިބޭނެކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;