މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އޭއީއެޗް އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.
އޭއީއެޗުގައި ދާއިމީކޮށް ފެށި ސާޖަރީތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުން ބުނީ އެފަދަ ކޭސްއެއް އައުމުން މާލެއިން އެ ކަމަކަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން އަންނާނެ ކަމަށެވެ.
އަދި އޭއީއެޗްގައި ނުކުރެވޭފަދަ އޮޕަރޭޝަނެއް ނަމަ އެ މީހާކު މާލެ ގެންނާނެ ކަމަށާއި އަދި އެ މުއްދަތުގައި އޭއީއެޗްގެ ޑޮކްޓަރުން ވެސް އެކަމަށް ތަމްރީނު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;