ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ އިންތިހާބުގެ ކަވަރޭޖަށް މަރުހަބާ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1592 ކެންޑިޑޭޓުން ވާދަ ކުރާނެ. އޭގެ ތެރެއިން އެންމެ ގިނައީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓުން.
މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބޭ.
މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ވޯޓްލުން މުޅި ރާއްޖޭގައި ފަށައިފި އެވެ.
މިއަދު ކުރިޔަށްދާ ތިން އިންްތިހާބާއި ގުޅިގެން މިހާތަނަށް 10 ޝަކުވާއެއް ހުށައަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހްް ރަޝީދު ވިދާޅުވި. އެންމެ ގިނައިން ހުށައެޅިފައިވަނީ މަނާ ވަގުތުގައި ކެމްޕެއިން ކުރިކަމުގެ ޝަކުވާތައް.
މީގެއިތުރުން ތިން ވޯޓް ކުރިޔަށްދާތީ ވޯޓް ކަރުދާސްކޮޅު ލާންޖެހޭ ފޮއްޓަށް ނޫން ފޮއްޓަކަށް ކަރުދާސް ކޮޅު ލެވިއްޖެނަމަ ބާތިލުވާނެތޯ ބެލުމަށް ހުށައެޅިފައިވާ ޝަކުވާ. ސަލާހް ވިދާޅުވީ ފޮށި އޮޅިގެން ނުބައި ފޮއްޓަކަށް ލެވޭ ވޯޓް ބާތިލިވެގެން ނުދާނެކަމަށް.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ޤާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން މިހާރު ފެށިފައިވާކަމަށް އީސީން ބުނޭ
މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި 588 ވޯޓު ފޮށި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި.
އެ ކޮމިޝަނުން ބުނީ އޭގެ ތެރެއިން 506 ފޮށީގެ ވޯޓުލުން ގަޑިއަށް ފެށުނު ކަމަށް. އެއީ 86 ޕަސެންޓު ފޮށި. އެ ކޮމިޝަނުން ބުނީ ގިނަ ވޯޓު ފޮށިތަކުގައި ވޯޓުލުން ނުފެށުނީ ވޯޓުލާނެ މީހަކު ނެތުމުން ކަމަށް.
މީހުން ނާންނާތީ މިހާތަނަށް 3 ފޮއްޓެއްގެ ވޯޓްލުން އަދިވެސް ނުފެށޭކަމަށް އިލެކްޝަންްސް ކޮމިޝަނުން ބުނެފިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;