ads
ވޯޓް ފޮށި ބަންދުކުރަން ގަޑިއިރެއް، ލައްކައަށްވުރެ ގިނަ މީހުން ވޯޓްލައިފި
ވޯޓް ފޮށި ބަންދުކުރަން ގަޑިއިރަކަށްވުރެ ކައިރިވިިއިރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުންް ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އީސީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މެންދުރު 2 ޖެހުމާއި ހަމައަށް 44.75 އިންސައްތަ މީހުން ވަނީ ވޯޓްލާފައެވެ. އެއީ 131947 މީހުންނެވެ.

މިހާތަނަށް ވޯޓްލީ އަންހެނުންގެ އަދަދަކީ 63175 މީހުންްނެވެ. ފިރިހެނުންގެ އަދަދަކީ 68772 މީހުންނެވެ. މިހާތަނަށް ވޯޓް ނުލާ ތިބި މީހުންގެ އިންސައްތައަކީ 55.25 އިންސައްތައެވެ. އެއީ 162929 މީހުންނެވެ. 

މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބެއެވެ. 

ވޯޓްލުން ބަންދުކުރާނީ ހަވީރު 04:00 ޖަހާއިރުއެވެ. ވަގުތު އިތުރުުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށް އީސީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;