މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ހަފުލާއެއް ކަމަށާއި މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފުލާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި އިސް ވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ހަލަފް މުހައްމަދު ނާފިޒެ
މި ހަފުލާގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 88 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޗެއާޕާސަންސް އެވޯޑު' ހާސިލުކޮށްފައި ވަނީ ކޮންސިއުމާ ސާވިސަސްގެ ހަލަފް މުހައްމަދު ނާފިޒް އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;