ads
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ކަނޑުއޮޅި މައްސަލައިގައި އަނެއްކާވެސް ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އިރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
Advertisement

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އިރާނަށް ހަމަލާދިނުމާ ގުޅިގެން އެ ގައުމުން ވަނީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާޒުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

މި މައްސަލައާ ގުޅިގެން، އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އިރާނަށް ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ދެއްވި 10 ދުވަހުގެ މުހުލަތު މިހާރު ހަމަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މުހުލަތުގެ ތެރޭގައި އެ ސަރަހައްދު ހުޅުވާނުލައިފި ނަމަ، އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ.

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކުރައްވަމުންދާ މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، އޭނާގެ މި އިންޒާރުތަކަށް އިރާނުން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ވެސް ނުވެ އެވެ.

ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން، ބައިނަލްއަގްވާމީ ސިޔާސަތާ ގުޅޭ މަޖައްލާ "ޖަސްޓް ސެކިއުރިޓީ" ގައި ޝާއިއުކުރި ސިޓީގައި މާހިރުން ބުނެފައިވަނީ، ޓްރަމްޕާއި އެމެރިކާގެ އިސްވާރުންގެ ބަސްމަގާއި އަސްކަރިއްޔާގެ އަމަލުތަކުން އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެމެރިކާގެ މުސްލިމުން ތަމްސީލުކުރާ ޖަމިއްޔާތަކުން ވެސް ވަނީ މިފަދަ ބަސްމަގަކީ އިންސާނިއްޔަތުކަން ކުޑަކުރުމުގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;