މިހާތަނަށް ލިބުނު ވޯޓުން އާތިފް ކާމިޔާބު ހޯއްދަވާފައިވަނީ ބޮޑު ތަފާތަކުންނެވެ. މިހާތަނަށް ގުނި ނަތީޖާ ދައްކާގޮތުން އާތިފަށްވަނީ 1490 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއަށް ލިބުނީ 680 ވޯޓްއެވެ.
މިހާރު ލިބިފައިވާ ވަގުތީ ނަތިޖާ ދައްކާގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ވަނީ ހޯދާފައެވެ. މިވަގުތުގެ ނަތީޖާ ދައްކާގޮތުން ނަތީޖާތަކުން ދައްކާ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.
ވޯޓްގެ ނަތީޖާތައް އަންނަމުންދާއިރު މިހާރުގެ ނަތީޖާ ދައްކާގޮތުން ސިޓީތަކުގެ މޭޔަރުގެ ގޮނޑިތަކުގައި ކުރީގައި އުޅެނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;