އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ފާހަގަކުރައްވާ ރައިސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއުޑީސީ ގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑިޕިޣޭ ހުރިހާ ކެންޑިޑޭޓުން މަރުހަބާ ދަންނަވާފައެވެ. ރައީސް ސާލިހް ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިކަމަށެވެ.
ރައީސް ސާލިހް ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނާއި އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަން ލިބިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ހުރިހާ ސިޓީ ކައުންސިލެއްގެ މެޖޯރިޓީވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެއިތުރުން ދެ އިންތިހާބު އެއްކުރަން ނެގި ވޯޓުންވެސް ސަރުކާރަށް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން މިހާތަނަށް ގުނި ނަތީޖާތައް ދައްކާގޮތުން 70 އިންސައްތަ މީހުން ބުނެފައިވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;