އެ ކޮމިޝަނުން ބުނީ މިއަދުގެ ތިން އިންތިހާބުގައި ޖުމްލަ 214898 މީހުން ވޯޓްލާފައިވާކަމަށެވެ. މީ ކައުންސިލް އިންތިހާބެއްގައި އެނމެ ގިނަ މީހުން ވޯޓްލާން ނުކުތް ފަހަރެވެ.
މިއަދު އޮތް ތިން ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ކައުންސިލް އިންތިހާބުތަކުގައި ވޯޓްލާން ނުކުތް މީހުންގެ ތަފާސް ހިސާބުތައް
އިންތިހާބުގައި 588 ވޯޓް ފޮށި ބަހައްޓާފައިވާ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނަފައެވެ. އެގޮތުން މި އިންތިހާބުގައި ވެރިރަށް މާލޭ ސަރަހައްދުގައި 240 ފޮށި ވަނީ ބަހައްޓާފައެވެ. އެއީ މާލޭ ރައްޔިތުން ވޯޓްލުމަށް ބަހައްޓާ 98 ފޮއްޓާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި ބަހައްޓާ 142 ފޮށްޓެވެ.
މީގެ އިތުރުން 21 ރިސޯޓެއްގައިވެސް ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;