ކަސްޓަމުން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ.
މިމަހުގެ 1 ވަނަ ދުވަހު އަތުލައިގަތް މިތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުރިކަމަށް ކަސްޓަމުން ބުނެއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގައިވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމުން ވަނީ އަތުލައިގެންފައެވެ. އަދި މިދިޔަ އަހަރުގެ މިދިޔަ ޑިސެމްބަރުމަހު، ޗޮކްލެޓު ސިރަޕް ފުޅިތަކެއްގައި އެތެރެކުރަން އުޅުނު 30 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ވެސް ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;