ads
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ/ ވީއެމްސީ
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލޯކަލް އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން "ވާލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ގައުމީ އެއާލައިން، މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަނުން އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރުގެ ހައިސިއްޔަތުން މުވައްޒަފުންގެ ބައިވެރިވުމުގެ އިތުރުން އެއާލައިންގެ ހިދުމަތްތަކާއ،ި އޮޕަރޭޝަނަލް އެއްބާރުލުން ފޯރުކޮށްދީ، މި އިވެންޓު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، "ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ އިސް ފަރާތްތަކަށް ދިވެހީންގެ އުފެއްދުންތަކާއި މަންޒިލް އިސްތިހާރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

"ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހަމަޖެހިގެން ދިއުމަކީ އުފާކުރާ ކަމެއް. ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަން އަކީ، ރާއްޖޭގެ ރަށްތައް ގުޅުވާލުމަށާއި މުޅި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. މި ޕާޓްނާޝިޕް ރަމްޒުކޮށްދެނީ ކާމިޔާބު ހަރަކާތެއް ބޭއްވުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި، ދިވެހި ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި އެއްބާރުލުމުގެ މުހިންމުކަމެވެ." އޭނާ ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ޕާޓްނާޝިޕާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމަށާއި، ސިނާއަތުގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ މުހިންމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މިފަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ސެޕްޓެމްބަރު 27 ވަނަ ދުވަހު ކްރޮސްރޯޑްސްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;