ads
ފޭސް ދޭއްގެ ބްރިޖް ދަށުގައި ހިންދޫ ދީނުގެ އަޅުކަން ކުރި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖް ސަރަހައްދުގައި ހިންދޫ ދީނުގެ އަޅުކަން ކުރަން އުޅުނު ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަންހެނެ ކެވެ.

މި އަންހެން މީހާ ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖް ސަރަހައްދުގައި ހިންދޫ ދީނަށް އަަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވީ މިދިޔަ މަހުގެ ތެރޭގައެވެ. އެއާއި އެކު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އެވެ.

ފުލުހުން ބުނީ މި އަންހެން މީހާ ހޯދާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުކަމަށެ ވެ.  

ފުލުހުން ބުނީ މި މީހަކީ 2024 ވަނަ އަހަރުން ފެށިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއްކަަމަށެވެ. އެހެންކަމުން މި މިހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;