ads
ޑައިރެކްޓަރު ރަންޖީތު
ޖިންސީ ގޯނާގެ ތުހުމަތުގައި މަގުބޫލު ޑައިރެކްޓަރު ރަންޖީތު ހައްޔަރުކޮށްފި
އިންޑިއާގެ މަލަޔާލަމް ފިލްމު އުފައްދާ މަގުބޫލު ޑައިރެކްޓަރު ރަންޖީތު، އަންހެން އެކްޓަރަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ފިލްމެއްގެ ޝޫޓިން ކުރިއަށް ދިޔަ ވަގުތު ކެރަވަން އެއްގެ ތެރެއަށް އަންހެން އެކްޓަރު ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ކޮޗިން ސިޓީ ޕޮލިހުން ރަސްމީކޮށް ރަޖިސްޓްރީ ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭގެ ފަހުން އަންހެން އެކްޓަރުގެ ބަޔާން އަންހެނުންނަށް ހާއްސަ ފުލުހުންގެ މަރުކަޒެއްގައި ވަނީ ނަގާފައެވެ. ފުލުހުން ބުނީ މި ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ސިއްރުވެރިކޮށް ކަމަށާއި، ރަންޖީތު ހައްޔަރުކުރީ އިޑުކީ ޑިސްޓްރިކްޓުން ކަމަށެވެ.

ރަންޖީތުގެ މައްޗަށް މީގެ ކުރިން ވެސް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން މަލަޔާލަމް ފިލްމީ ދާއިރާގައި ހިނގާ މިފަދަ ކަންކަން ބެލުމަށް އެކުލަވާލި ހޭމާ ކޮމިޓީގެ ރިޕޯޓުގައި ވެސް އޭނާގެ ނަން ވަނީ ހިމެނިފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރުގެ ފިލްމަކާ ގުޅިގެން ބެންގާލީ އެކްޓަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ވެސް 2024 ވަނަ އަހަރު އޭނާގެ މައްޗަށް ކުރެވުނެވެ.

މި މައްސަލައާ ގުޅިގެން ރަންޖީތު ކުރިން ވަނީ ކޯޓަށް ގޮސް އޭނާ ހައްޔަރު ނުކުރުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް މިހާރު ކުރެވިފައިވާ އާ ތުހުމަތުތަކާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ދެން ފިޔަވަޅު އަޅާނީ ތަހުގީގަށް ލިބޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;