ads
ބަޓްވާރާގެ ޕޯސްޓަރު
"ބަޓްވާރާ 1947"ގެ ޓީޒާ ނެރެފި
އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ހާދިސާތަކަށް ބިނާކޮށް ހަދާ ފިލްމު ބަޓްވާރާ 1947 ގެ ޓީޒާ ނެރެފި އެވެ.
Advertisement

އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލިތާ އެއް ދުވަސް ފަހުން ނެރުނު އެ ޓީޒާއިން ފެންނަނީ އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ އެންމެ އަނދިރި އަދި އަސަރުގަދަ ދުވަސްތަކުގެ ކުޑަ މަންޒަރެކެވެ.

އެ ޓީޒާ ފެށެނީ ފިލްމުގެ ޕްރޮޑިއުސަރު އާމިރުގެ އަސަރުގަދަ އަޑުން ނެވެ.  

ޓީޒާއިން ފިލްމުގެ މުޅި ވާހަކަ ސާފުނުވި ނަމަވެސް، އެ ދުވަސްވަރު އިންޑިއާގެ އާންމުން އުފުލި ތަކުލީފުތަކާއި ބިރުވެރިކަމާއި ހާސްކަން ދައްކައިދެ އެވެ.

 

މި ފިލްމަކީ އިންޑިއާގެ ގައުމީ އެވޯޑު ހާސިލްކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ގާތްގަނޑަކަށް 30 އަހަރަށް ފަހު ރާޖްކުމާރު އާއި ސަނީ ޑިއޯލް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން މި ދެ ފެންނާނުން ވަނީ "ގާޔަލް"، "ދާމިނީ" އަދި "ގާތަކް" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފަ އެވެ.

"ބަޓްވާރާ 1947"ގައި ސަނީއާ އެކު މުހިންމު ރޯލުތައް ކުޅެނީ ޝަބާނާ އަޒްމީ، ޕްރިތީ ޒިންތާ، ކަރަން ޑިއޯލް، އަލީ ފަޒަލް އަދި އަބިމަންޔޫ ސިންގެވެ. 

މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ފަހު ޕްރިތީ ވެސް ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމެވެ. 

އާމިރު ހާން ޕްރޮޑަކްޝަންސް އާއި އަޕަރްނާ ޕުރޯހިތު ގުޅިގެން އުފައްދާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އޭއާރު ރަހުމާނެވެ. އަދި ލަވަތަކުގެ ޅެން ހަދާފައި ވަނީ ޖާވިދު އަޚްތަރެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އަންނަ އޯގަސްޓް މަހު 14 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;