ads
އިރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމެއް: މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިއްޔެ އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އާ ޑިފެންސް ސިސްޓަމެއް ހަރުކޮށްފަ - ފޮޓޯ: އިރާން އަސްކަރިއްޔާ
ހަނގުރާމަ މެދުކަނޑާލަން އެމެރިކާ އާއި އީރާނުން "ކުޑަކޮށް" އެއްބަސްވެއްޖެ
ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެމެރިކާ އާއި އީރާނުން "ކުޑަކޮށް" އެއްބަސްވެއްޖެ އެވެ.
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އިރާނަށް ޝަރުތުކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެކެވެ.

ޓްރަމްޕްގެ އެއްބަސްވުން ހާމަކުރެއްވުމާ އެކު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޖީ ވަނީ އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އެ ގައުމުގެ ހަމަލާތައް ވެސް މެދުކަނޑާލާނެކަން އިއުލާންކުރައްވައިފަ އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި ހުކުރު ދުވަހު އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިގޮތުގައި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން އަވަސް ކުރިމަގެއްގައި އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުގެ ފުރުސަތު އެބައޮތެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި ހަމަލާތަކުގައި އީރާންގެ އިސްވެރިން ވަނީ އަވަހާރަކޮށްލާފަ އެވެ. މީގެ އިތުރުން އީރާނުގެ ހޮސްޕިޓަލްތަކަށާއި ސްކޫލުތަކަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވެ އެވެ. ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;