ގަބްރިއޭލާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން އަރުޖުން ބުނީ، އޭނާގެ ހަޔާތުގެ ހުރިހާ ލޯތްބަކާއި އުފަލެއް ގަބްރިއޭލާއަށް ހައްގު ކަމަށެވެ. މި މެސެޖާއެކު އަރުޖުން ވަނީ އެ ދެމީހުންގެ ދެ ފިރިހެން ދަރިން ކަމަށްވާ އާރިކް އާއި އާރަވް އާއެކު ހޭދަކޮށްފައިވާ އާއިލީ އުފާވެރި ވަގުތުތަކުގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
އަރުޖުން އާއި ގަބްރިއޭލާގެ ލޯބީގެ ގުޅުން 2018 ވަނަ އަހަރު ފެށުނުއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަރުޖުން ވަނީ ގަބްރިއޭލާއާ އެންގޭޖްވެފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ކައިވެނި ނުކުރި ނަމަވެސް، އެ ދެމީހުންގެ ދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް އަރުޖުން ބުނެއެވެ. އަރުޖުންގެ ފުރަތަމަ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވާއިރު، ގަބްރިއޭލާ އާއި އަރުޖުންއަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެއީ 2019 ވަނަ އަހަރު އުފަންވި އާރިކް އާއި 2023 ވަނަ އަހަރު އުފަންވި އާރަވްއެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އަރުޖުން އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު "ދުރަންދަރު" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެފައިވާ މޭޖަރ އިގްބާލްގެ ރޯލަށް އާންމުންގެ ފަރާތުންނާއި ފިލްމީ މާހަކަދައްކާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަރުޖުންގެ މި އުފަންދުވަހުގެ މެސެޖަށް ބޮލީވުޑްގެ އެހެން ތަރިން ކަމަށްވާ ބޮބީ ޑިއޯލް އާއި މަލައިކާ އަރޯރާ ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;