އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރށ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، އަދުލުވެރި ސިޔާސަތެއްކަމަށެވެ.
އެގޮތުން ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށައިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތަރައްޤީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެމުން ދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެލްކްމަށެވެ. އަދި މީ އެންމެ ގިނަ.ަސައްކަތްތެރިންގެ އަޑު އެހި ސަރުކާރުކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;