މި ބައްދަލުވުމަކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;