އެމްއެންޑީއެފް ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރަެ 03:43 ހާއިރުކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އެހެންނަމަވެސް ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:19 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;