ފުލުހުން ބުނީ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ އިމާރާތުން ޖުމުލަ ހަތަރު މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނަށް ހޯދުނީ 50،000 ރުފިޔާކަން ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބިއިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަގައި ހައްޔަރުކުރި މީހުން
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;