ads
ބައިނޭންސް
ބައިނޭންސް ހެކްކޮށް 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ޕްލެޓްފޯމް ކަމަށްވާ ބައިނޭންސްއަށް ނުރައްކާތެރި ސެކިއުރިޓީ ބްރީޗެއް ކުރިމަތިވެ، އެތައް ބިލިއަން ޑޮލަރެއްގެ ޑިޖިޓަލް އެސެޓް ގެއްލިފައިވާކަން އެ ކުންފުނިން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ.
Advertisement

ބައިނޭންސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސެކިއުރިޓީ ހާދިސާގެ ސަބަބުން 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ޑިޖިޓަލް އެސެޓަށް ވަނީ ސީދާ އަސަރުކޮށް، އެ މާލީ ވަސީލަތްތަކުގެ ރައްކާތެރިކަން ގެއްލިފައެވެ.

މި ސެކިއުރިޓީ ބްރީޗް ހިނގުމާ ގުޅިގެން، ބައިނޭންސް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ ކްރިޕްޓޯކަރަންސީގެ އެންމެހައި ވިޔަފާރިތަކާއި މުއާމަލާތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ. މިގޮތަށް ވިޔަފާރިތައް މެދުކަނޑާލަން ނިންމީ އިތުރު މާލީ ގެއްލުންތަކުން ސަލާމަތްވުމަށާއި، ސިސްޓަމްގެ ސެކިއުރިޓީ ހާލަތު ވަޒަންކޮށް، ޕްލެޓްފޯމްގެ ރައްކާތެރިކަން އަލުން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުންނެވެ.

މި ހާދިސާއާ ގުޅިގެން ކުންފުނީގެ ރައްކާތެރިކަމާ ބެހޭ ޚާއްޞަ ސެކިއުރިޓީ ޓީމުތަކުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޕްލެޓްފޯމްގެ ސެކިއުރިޓީ ނިޒާމުތައް އަލުން އިއާދަކޮށް، ސިސްޓަމްގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި އެ ޓީމުތަކުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ސެކިއުރިޓީ ޓީމުތަކުން މަސައްކަތް ކުރަމުންދަނީ ސިސްޓަމްގެ ރައްކާތެރިކަން އިއާދަކުރުމަށްފަހު، ވީއެންމެ އަވަހަކަށް ޚިދުމަތްތައް އަލުން އާންމު ހާލަތަކަށް ގެނައުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް