ads
ތިލަމާލެ ބްރިޖު: އެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މިހާރު ވަނީ ގުޅާލައިފައި - ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު ގުޅާލައިފި
ތިލަމާލެ ބްރިޖުގެ ވިލިމާލެ އާއި ގުޅިފަޅާ ދެމެދުގެ އެންމެ ފަހު ސެގްމެންޓާ އެކު، ވިލިމާލެ އާއި ގުޅިފަޅު މިއަދު ގުޅުވާލައިފި އެވެ.
Advertisement

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، ވިލިމާލެ އާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، ވިލިމާލެ އާއި ގުޅިފަޅު މިހާރު ގުޅުވާލާފައިވާ ކަމަށެވެ.

ތިލަމާލެ ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލީ މިދިޔަ އޯގަސްޓް މަހު 22 ގަ އެވެ. މާލެ އާއި ވިލިމާލެ ބްރިޖުން ގުޅުވާލުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޯގަސްޓް މަހު 30 ގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ބްރިޖުގައި ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފަ އެވެ. 



ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން، މަޝްރޫއުގެ މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މި އަހަރުގެ ޖެނުއަރީ މަހާއި މިދިޔަ އޭޕްރީލް މަހު ވެސް ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތްތައް ދަނީ އުންމީދު ކުރި ވަރަށް ވުރެ ލަހުން ކަމަށާއި ނަމަވެސް މާލެ އާއި ވިލިމާލެ ގުޅާލައި އެ ބައި ބޭނުންކުރެވޭ ވަރު ވާނީ އަންނަ އަހަރަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް