ads
ރައީސް ސާލިހް އަދި ކުށްވެރިޔާ އާސިފް
އާސިފް ލުއި ދިނީ އިންތިހާބުގެ ދެވަނަ ބުރަށް، ހުކުމް ކުރުކުރީ 5 ދުވަހަށް
ބޭބެ މާރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް އިއްވާފައި ހުރި އިސްމާއިލް އާސިފް މިނިވަންކޮށް މަގުމައްޗަށް ދޫކޮށްލީ މިިދިޔަ ރީޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްކަން އެނގިއްޖެއެވެ.
Advertisement

10 އަހަރުގެ ޖަލު ހުކުމެއް އޮތް އާސިފް މިނިވަންވި ގޮތުގެ ވާހަކަތައް މި ފެންމަތިވީ މިދިޔަ ރޯދަމަހު މާލޭގެ ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރޮ މީހުންގެ ފޮޓޯ ފުލުހުން ހާމަކުރިއިރު އޭގައި އޭނާ ހިމެނުމުންނެވެ. 

ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އާސިފް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ އޭނާގެ އަމިއްލަ ބޭބެގެ ބޮލަށް ކަތިވަޅިން ހަމަލާދިން މައްސަލައެއްގައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. 

10 އަހަރަށް ޖަލަށްލާފައި ހުރި އާސިފްއަށް ހުކުމް ކުރިތާ އަހަރެއް ފަހުން އޭނާގެ އަދަބަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ލުއި ދިނީ 19 ސެޕްޓަމްބަރު 2023 ގައެވެ. އަދި އެ ހުކުމަށް ސާލިހް ލުއިދެއްވީ ހުކުމްގެ ބާކީ އޮތް މުއްދަތު ފަސް ދުވަހަށް ކުރުކޮށްގެންނެވެ. އެހެންކަމުން 25 ސެޕްޓެމްބަރު 2023 އިން ފެށިގެން އާސިފް ވަނީ މިނިވަންވެފައެވެ. 

ރައީސް ސާލިހް އާސިފްއަށް މައާފް ދީފައި މި ވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރަށް ވޯޓްލުމުގެ ކުރިންނެވެ.  ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ 30 ސެޕްޓެމްބަރު 2023ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;