ads
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް އައްޔަންކުރި އިބްރާހިމް ނިޝާން އަހުމަދު (ކ)
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް ނިޝާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް އިބްރާހިމް ނިޝާން އަހުމަދު މިއަދު ހަމަޖައްސައިފިއެވެ
Advertisement

އެ މަގާމަށް ނިޝާން އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި މިހާތަނަށް ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ މަހުގެ އަށެއްގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. 

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 21,884.00 ރުފިޔާ ލިބޭނެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 12,534.00 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 339.00 ރުފިޔާ ލިބޭނެއެވެ. 

މި މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 3 ވަނދުވަހުއެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް ނިޝާން ހޮވުނުއިރު އެ މަގާމަށް ހޫލުވާލި ފުރުސަތުގައި އައިޖީއެމްއެޗްގެ ބައެއް ޑޮކަޓަރުންވެސް ކުރިމަތިލީކަން ވަނީ އެނގިފައެވެ. 

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ޝަރުތުތައް 

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.  
  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. 

އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ އެންމެ އިސް އެއް މަގާމުކަމުގައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަމަށް މައިމޫނާ އައްޔަންކުރީ 17 ނޮވެމްބަރު 2016ގައެވެ. މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރުއެވެ.  

ރާއްޖޭގެ ސިއްހީ ދާއިރާއިން 1990ވަނަ އަހަރު ހިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްހީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;