އަލަށް ކައުންސިލަރުންނަށް ހޮވުނު މެމްބަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުވާކުރުން ބާއްވަނަ ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
އެ ރަސްމިއްޔާތައް 1000 މީހުންނަށް ދައުވަތުދޭން ނިންމާފައިވާކަން ވަނީ އެނގިފައެވެ. އެގޮތުން އެ ރަސްމިއްޔާތައް އަންނަ މީހުނަށް ސައި ތައްޔާރުކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވަނީ ބިޑަށް ހުޅުވާލާފައެވެ. އެ ބިޑްގައިވާ ގޮތުން އަލަށް އިންތިހާބުކުރެވޭ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިގުރާރުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް، 1000 މީހުންގެ ރީފްރެޝްމެންޓް ތައްޔާރު ކުރަން ކައުންސިލުން ބޭނުންވެއެވެ.
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ހިމެނޭހެން ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީވެސް ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;