ads
މާލޭ ޖަލު
ދައްތަ ވަގަށް ނެގި ކާޑު ބޭނުންކުރި ކޮއްކޮ ޖަލަށް
ދައްތައަކު ވަގަށް ނެގި ކޭޝްކާޑެއް ބޭނުން ކުރި ފިރިހެން ކޮއްކޮއަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

އުތުރުގެ ރަށެއްގައި 2018 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ފިރިހެން ކޮއްކޮގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އަދި ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ދައުވާއެވެ. ދައްތަގެ މައްޗަށް ދައުވާ ކުރި ކަމެއް ނޭނގެއެވެ. 

ކޮއްކޮގެ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން ސާބިތުވީ ވައްކަމުގެ ދައުވާ އެކަންޏެވެ. ވައްކަމުގެ ދައުވާ ސާބިތުވެ، ނުވަ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ތެރެއިން ފަސް މަސް ދުވަހުގެ ޖަލު ހުކުމު ވަނީ ޝަރިއަތުން، ގޭ ބަންދަށް ބަދަލުކޮށްދީފައެވެ. 

ވައްކަން ކޮށްގެން ހޯދި މުދާ ބަލައިގަތުމުގެ ދައުވާ ސާބިތުނުވިއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ކޭޝްކާޑު ވަގަށް ނެގީ، އެ ކާޑާއެކު އޮތް ނޯޓު ކޮޅެއްގައި، ކާޑުގެ ޕިން ނަންބަރުވެސް ޖަހާފައި އޮއްވައެވެ. ދައްތަ، އެ ކާޑު ވަގަށް ނަގައިގެން، ކާޑުން ފައިސާ ނަގަން ހަވާލު ކުރީ ކޮއްކޮއާއެވެ. 

ކޮއްކޮވަނީ އެ ކާޑުން އެކި ފަހަރު މަތިން ފައިސާ ނަގައިފައެވެ. އޭޓީއެމުން އަދި ފިހާރަތުގެ ޕީއޯއެސް މެޝިން ބޭނުންކޮށްގެންވެސް ފައިސާ ނަގާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;