ads
މަސްތުވާތަކެއްޗާ އެކު ހދ. ކުޅުދުއްފުށިން ހައްޔަރުކުރި ހަތަރު މީހުން. - ފޮޓޯ: ޕޮލިސް
ޑްރަގާއެކުއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ކުޅުދުއްފުށީ ސިޓީގައި ހިންގި މި 2 އޮޕަރޭޝަންގެ ތެރެއިން އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް ދޫޑިގަން، ކަރަންފޫގެ އުމުރުން 19 އަހަރުގެ މުހައްމަދު އުމީންއާއި ހދ. ކުމުންދޫ، ފަހިވާ އުމުރުން 30 އަހަރުގެ އާއިޝަތު އަލީ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އަދި އޮގަސްޓް 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުރަހަ އުމުރުން 44 އަހަރުގެ ހުސައިން ނައީމްއާއި ހދ.ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ، އުމުރުން 45 އަހަރުގެ ޢަބްދުއްރަޙްމާން މުހައްމަދުއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. 

މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދުކޮށް މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;