ads
މީޑިއާތަކާއި ޖަމިއްޔާތައް ބެލެހެއްޓުން އަނެއްކާވެސް ހޯމް މިނިސްޓްރީއަށް
މީޑިއާތަކާއި ޖަމިއްޔާ، ޖަމިއްޔާތައްް ބެލެހެއްޓުން އަނެއްކާވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
Advertisement

ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން މި ސަރުކާރު ވެރިކަމަށް އަންނަން ދެން މީޑިއާތަކާއި ޖަމިއްޔާ، ޖަމިއްޔާތައްް ބެލެހެއްޓުމުގެ މެންޑޭޓް އޮތީ ހޯމް މިނިސްޓރީގައެވެ. އެހެންނަމަވެސް މި ސަރުކާރުވެރިކަމާއި ހަވާލުވެ އެ ކަން  ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވިއެވެ. 

މީޑިއާތަކާއި ޖަމިއްޔާ، ޖަމިއްޔާތައްް ބެލެހެއްޓުން އަނެއްކާވެސް ހޯމް މިނިސްޓްރީގެ ދަށަށް މި ސަރުކާރުން މި ބަދަލުކުރީ މިދިޔަ އަންގާރަދުވަހު 10 ވަޒީރަކު އިސްތިއުފާދިނުމުން ކެބިނެޓަށް ގެނައި ބަދަލުތަކާއި އެކުއެވެ. އެ ބަދަލާއި އެކު ބައެއްް މިނިސްޓްރީތައް އުވާލާ ބައެއްް މިނިސްޓްރީތަކުގެ މަސައްކަތް ވަނީ އެއްކޮށްލާފައެވެ. 

ހޯމް މިނިސްޓްރީ ދަށަށް ބަދަލުކުރި އިދާރާތައް

  • މޯލްޑިވްސް އިމިގްރޭޝަން
  • ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
  • ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
  • ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ
  • ލޭބާ ރިލޭޝަންސް އޮތޯރިޓީ
  • ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
  • މޯލްޑިވްސް ޑިޖިޓަލް ސާވިސް
  • ނޭޝަނަލް ކެރިއާސް ސާވިސް

މިނިސްޓްރީތަކަށް ގެނައި ބަދަލާއި ނަންތައް

  1. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީއަށް
  2. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން ނަން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަށް
  3. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަށް
  4. މިނިސްޓްރީ އޮފް ހެލްތުގެ ނަން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އަށް
  5. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަށް
  6. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަށް
  7. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަށް
  8. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަން، "މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަށް
  9. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަށް
  10. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އަށް
  11. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނަން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަށް
  12. މިނިސްޓްރީ އޮފް ޑިފެންސްގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;