އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަސް އަރަައިގެން ދިޔައީ މިދިިޔަ ސަރުކާރުގައި ތަންފީޒުކުރި އިގުތިސާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
އެގޮތުން ބޮޑެތި ލޯންތައް ނަގައިގެން ފައިދާ ހުރިކަމެއް ކޮށްފައި ނުވާއިރު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ދައުލަތަށް ލިބުނު ފައިސާ ހުސްކުރިކަމަށް ފަލާހް ވިދާޅުވި އެވެ. އަދި އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލުވާލާފައިވާކަމަށް ފަލާހް ވިދާޅުވި އެވެ. އެހެންކަމުން މި ވެރިކަން 15 ވަރަކަށް އަހަރަށް ދެމިގެން ދިޔުމުން ޑޮލަރުގެ ރޭޓް 10 އަކަށް ތިރިވާނެކަމަށް ފަލާހް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލާގައި ޖަވާބުދާރީވަމުން މިނިސްޓަރު ސައީދު ވަނީ އިދިކޮޅު އެމްޑީޕީން ކުރި ހުރިހާ ތުމަތުތަކެއް ދޮގުުކުރައްވާފަ އެވެ. އެގޮތުން ޑޮލަރު ދަތިވެ ތަކެތީގެ އަގު ބޮޑުވެފައިވާކަމަށް ކުރި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ދަރުކާރުގެ ފަސް އަގަރު ދުވަހު ދޫކުރި ޑޮލަރަށްވުރެ 100 އިންސައްތަ އިތުރަށް މި ސަރުކާރުގެ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ރޭޓްގައި ޑޮލަރު ދޫކޮށްފައިވާކަމަށެވެ.