ދުނިޔޭގެ ތެލުގެ ބޮޑު އިންސައްތައެއް އަދި ދުނިޔޭގެ އިގުތިސާދަށާއި ސިނާއީ ކުރިއެރުމާއި ދަނޑުވެރިކަމަށް މުހިއްމު އެތައް މާއްދާއެއް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް މުހިއްމު މި ކަނޑުއޮޅި ހުޅުވައިލުމަށް އީރާނުން ކުރިމަތުކުރި ދެ ޝަރުތަކީ ލުބުނާނުގައި އިސްރާއީލުން ހިންގަމުންއައި އުދުވާނީ ހަމަލާތައް ހުއްޓައިލުމާއި، އީރާނުގެ ބަނދަރުތަކުން ދަތުުރުކުރާ އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުނުކުރެވޭނެހެން އެމެރިކާއިން އަޅާފައި އޮތް ހުރަސް ނައްތަައިލުމެވެ.
ލުބުނާނުގެ ހަމަލާތަައް ބަދަލުކުރުން މެދުކަނޑައިލުމާމެދު އިސްރާއީލާއެކު އެއްބަސްވުމަކަށް ވާސިލުވެވިފައި އޮތް ނަމަވެސް އީރާނުގެ ބަނދަރުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ހޮރްމޫޒް ހުރަސްކޮށް ކަނޑު ދަތުރުފަތުރުނުކުރެވޭނެހެން އެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނަވާނެ ކަމުގައި ޓުރަމްޕު ގެންދެވީ ވިދާޅުވަމުންނެވެ.
އެހެންވެ، އީރާނުގެ އަސްކަރީ ސެންޓްރަލް ކޮމާންޑާ ހަވާލާދީ ދައުލަތުގެ ޓީވީން މިއަދު ބުނީ، "ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ކުރީގެ ހާލަތަށް ބަދަލުވެއްޖެ" ކަމަށާއި، އެމެރިކާގެ ބްލޮކޭޑް ކުރިއަށްދާތީ ކަނޑުއޮޅި މިހާރު އޮތީ "އަސްކަރިއްޔާގެ ފުރިހަމަ ބެލުމުގެ ދަށުގައި" ކަމަށެވެ.
ނަމަވެސް އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގަންނަން ޓްރަމްޕް ނިންމައިފިނަމަ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާމެދު ވިސްނާނެކަމަށް އީރާނުގެ ބަޔާން ބުނެއެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު މަގު ބަންދުވެފައި އޮތީ ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގަ އެވެ. ކަނޑުއޮޅި ހުޅުވާލުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 11 ޕަސަންޓަށް ވުރެ ބޮޑަށް ދަށްވެފަ އެވެ.
ލޮއިޑްސް ލިސްޓް އިންޓެލިޖެންސް އިން ރިޕޯޓްކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 325 ޓޭންކަރު ހިމެނޭހެން 600 އަށްވުރެ ގިނަ އުޅަނދު ވަނީ ގަލްފްގެ ތެރޭގައި ތާށިވެފަ އެވެ. އިއްޔެ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާއެކު އެ ތަނުން 30 ވަރަކަށް ބޯޓު ހުރަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;