ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އެ ދެ ރަށު ކައުންސިލްގެ މެޖޯރިޓީ ހޯދަމުން ދިޔައީ އެމްޑީޕީންނެވެ. ނަމަވެސް، މިފަހަރު ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންވެ، އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އާއްމުކޮށްފައިވާ ދާއިމީ ނަތީޖާއިން ދައްކާގޮތުން ރަސްދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.
ރަސްދޫގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ އެ ދަތުރުފުޅުގައި، ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ވަކިވަކި ކުދި ރަށްރަށުން ޕީއެންސީއަށް ކާމިޔާބު ލިބުނަސް، ހުރިހާ ސިޓީއަކުން އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ.
ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރައްވައިފަ އެވެ. ކެބިނެޓގެ 10 ބޭފުޅަކު މިދިޔަ ހަފުތަގައި އިސްތިއުފާ ވެސް ދެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;