ސައިކަލެއްގެ ބޮމެއް ހަރުކޮށް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަދުވަހުގެ ރެއެވެ. އެ ހަމަލާއަށް ފަސް އަހަރު މިއަހަރު ހަމަވާއިރު އެ މައްސަލައިގެ ޝަރީއަތް ނުނިމި ލަސްވަމުންދާތީ ނަޝީދާއި އޭނާއަށް ތާއިދުކުރައްވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަޝީދަށް ދިން ހަމަލާ ރޭވުމާއި ފަންޑުކުރުމުގައި އިތުރު ބަޔަކު ހިމެނޭކަމަށް ބެލެވޭތީ ތަހުގީގު އިތުރަށް ފުޅާކޮށް، އެފަދަ ކަމެއް ތަހުގީގަށް ފާހަގަކުރެވޭކަން ނުވަތަ ނޫންކަން ބަލައި އެކަން ޕީޖީ އޮފީހަށް އަންގަން ޕީޖީ ވަނީ އަލަށް އައްޔަންކުރެއްވި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އަންގަވާފައެވެ. އެގޮތަށް އަންގާފައިވަނީ މިމަހުގެ 8 ވަނަދުވަހުކަން ވަނީ އެނގިފައެވެ.
ބޮން ގޮއްވާލި މައްސަލާގައި ދައުލަތުން އަށް މީހެއްގެ މައްޗަށް ދައުވާކުރިއެވެ.
އެ މައްސަލާގައި ދައުވާކުރި މީހުން
ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން 2021 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމޭއިރު ޝަރީއަތްތައް އަންނަނީ ކެންސަލްވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;