ads
އެސްޓީއޯއިން ތައާރަފްކުރި "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތައް - ފޮޓޯ/އެސްޓީއޯ
އެސްޓީއޯ އިން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތައް ރާއްޖެއަށް
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
Advertisement

ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތައާރަފުކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު ޝިފާނާ ވަޖީހެވެ. ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާއި ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތު ވެސް ދެއްވާފަ އެވެ.

"ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް" އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައި ވެސް ކާލެވޭނެ މީރު އުފެއްދުންތަކެއް ކަމަށެވެ. އަދި އެއީ ދުޅަހެޔޮ ކެއުންތަކަށް އިސްކަން ދޭ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ކެއުންތަކަށް ވެސް އިތުރު ކޮށްލެވޭނެ ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. 

އެސްޓީއޯއިން "ވަން ޑޭ މޯ"ގެ އުފެއްދުންތައް އަލަށް މާކެޓަށް ތައާރަފް ކުރުމާ ގުޅިގެން އެ ކުންފުނިން ވަނީ އެ ބްރޭންޑުގެ އުފެއްދުންތަކުން ދެ ހަފްތާގެ މުއްދަތަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. 

"ވަން ޑޭ މޯ" ގެ ހުރިހާ ޕްރޮޑަކްޓްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;