ads
އަލަށް ެއެކުލަވާލި ކެބިނެޓް
އާ ކެބިނެޓަށް މަޖިލީހުން ރުހުން ދޭން ކޮމިޓީއަށް
ކެބިނެޓުން ގިނަ ވަޒީރުންތަކެއް އިސްތިއުފާދެއްވުމުން މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވައިލެއްވި ކެބިނެޓުގެ 14 މިނިސްޓަރުންނަށް ރުހުން ދޭން ރައްްޔިތުން މަޖިލިހަށްް ހުށައެޅުމުން އެ މައްސަލަ ކޮމެޓީން ބަލަން ފަށައިފިއެވެ.
Advertisement

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެކުލަވާލި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރު ވަނީ މިމަހުގެ 14 ވަނަ ދުވަހު ކުއްްލިއަކަށްް އިސްތިއުފާދެއްވާފައެވެ. އެއާއި އެކު މިނިސްޓްރީގެ އަދަދު 15 އަށް ބަދަލުކޮށް އަލުން ރައީސް މުއިއްޒުވަނީ ކެބިނެޓް އަލުން ވަނީ އެކުލަވާލާފައެވެ. 

އަލުން އެކުލަވާލި ކެބިނެޓްްގައި އާ ފަސް ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޑިފެންްސް މިނިސްޓަރު ހަސަން ރަޝީދުއެވެ. ދެން ތިއްބެވި 10 ވަޒީރަކީ ކުރިންވެސް ކެބިނެޓްްގައި ހިމެނުނު ވަޒީރުންނެވެ. 

އަލަށް އެކުލަވާލި ކެބިނެޓްް  

  1. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  2. ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން 
  3. ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް 
  4. ފިޝަރީޒް އެންޑް އެނަވަޔަރަމެންޓް މިނިސްޓަރުކަމަށް އަހްްމަދު ޝިޔާމް
  5. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  6. އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  7. އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  8. ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  9. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  10. އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް 
  11. ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
  12. އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
  13. ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  14. ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލިހަށް ފޮނުވުމުންް އެ މައްސަލަ މިހާރު ވަނީ ކޮމެޓީން ދިރާސާކުރަން ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;