ރައީސް ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ގެ ނަމުގައި އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދާއި ފައްޔާޒުވަނީ ސަރުކާރު ހިންގުމަށް ގާނޫނު އަސާސީއަށް ގެންނަ ފެންނަ ބަދަލުތަކެއް ހުށައަޅާފައެވެ. އަދި އެމްޑީޕީން އެ ބަދަލުތައް ގެންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ހުށައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުންވެސް ވަނީ ހިމަނާފައެވެ. އެގޮތުން ސަރުކާރުގެ އިސްވެރިޔަކީ ފައްޔާޒުކަމަށް ކަނޑައަޅާ ދައުލަތުގެ އިސްވެރިޔަކީ ނަޝީދުކަމަށް އެ ބޭފުޅުން ވަނީ ކަނޑައަޅާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނީ އެމަނިކުފާނު ނުކުމެގެންކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އޭނާވެސް ތާއިދުކުރައްވަނީ ޕާޓީގެ އިސް ސަފަށް ޒުވާނުން އައުމަށްކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ތެރޭގައި ހުރިކަންކަން ހައްލުކޮށް ޕާޓި ގޮވައިގެން ކުރިޔަށް ދޭވޭނެ ބޭފުޅަކީ ރައީސް ނަޝީދުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަޝީދު މިއަދުވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާފައެވެ. އަދި ފައްޔާޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަ ތާއީދުކުރާކަންވެސް ނަޝީދު ވަނީ މިއަދު އިއުލާންކުރައްވާފައެވެ. އެގޮތަށް ނިންމެވީ ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ފައްޔާޒުގެ ވެރިކަމެއްގައި ދައަުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަ ޝައުގުވެރިވާކަންވެސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;