މިއީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއު ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އިގުތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްެރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަން މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގަ އެވެ. އަދި އޭގެ ފަހުން ހއ. އިހަވަންދޫ އާއި ހދ.ހަނިމާދޫގައި ހިދުމަތް ފެށިއެވެ. އޭގެ ފަހުން ބ. އޭދަފުއްޓާއި، ށ. މިލަންދޫގައި ހިދުމަތް ފެށިއިރު، މިދިޔަ ހަފްތާގައި ފ. ނިލަންދޫގައިވެސް އެ ހިދުމަތް ވަނީ ފަށައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;