ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުރުސަތުގެ ބޭނުންހިފާ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރޭ
ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ސަވާބު އިތުރު ކުރެއްވިއެވެ.
Advertisement

މިއަހަރުގެ ރޯދަ މަހާ މުސްލިމް އުންމަތް ބައްދަލުކުރަން ޖެހިފައިވަނީ ނުރައްކާތެރި ވަގުތެއްގައެވެ. ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި ރާއްޖެ އޮތް އިރު ޖަމާއަތުގައި ނަމާދުކޮށް ތަރާވީސް ކުރުން މިފަހަރު މިއޮތީ ހުއްޓާލެވިފައެވެ. 

އެހެން ނަމަވެސް ގޭގައި ތިބުމަށް ލިބޭ މި ރަނުގެ ފުރުސަތަކީ މިއީ އަޅުކަންތަކާއި އިތުރަށް ކައިރިވުމަށް ލިބުނު ފުރުސަތަކަށް ހަދަމާތޯއެވެ. މި މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. 

ރަމަޟާން މަހަކީ އަޅުކަމުގެ މަހެވެ. އެމަހުގައި ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ވަކިން ގިނައިން އަޅުކަން ކުރައްވައެވެ. ސަދަޤާތް ކުރެއްވުން ގިނަ ކުރައްވައެވެ. އަދި އެމަހަކީ ކީރިތި ޤުރުއާނުގެ މަހެވެ. އެމަހުގައި ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ކީރިތި ޤުރުއާން ތިލާވަތު ކުރެއްވުން ގިނަ ކުރެއްވި އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ވަކިން އިތުރުވެގެން ވެއެވެ. އެއީ އެރޭތަކުން ރެއެއްގައި ލައިލަތުލް ޤަދުރި ވާތީއެވެ. ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ފަހު ދިހައިގައި ވަކިން ބޮޑަށް އަޅުކަމާއިގެން އުޅުއްވައެވެ. އައިޝާ ރަޟިޔަ ﷲ އަންހާގެ ކިބައިން އަލް އިމާމުލް ބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ހަދީޘެއްގެ މާނާގައި ވެއެވެ. "ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ ފަހު ދިހަޔަށް އެޅިއްޖެއްޔާއި ރޭގަނޑު ހޭފުޅުލައްވާ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ހޭލައްވަވައެވެ. އަދި އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނާއި ވަކިވެވަޑައިގެން އަޅުކަމުގައި އުޅުއްވައެވެ."

ރަމަޟާން މަހުގައި ގުރުއާން ކިޔެވުމާއި ރޭ އަޅުކަމުގައި ވަގުތު ހޭދަކުރުން އިތުރު ކުރަންޖެހެއެވެ. ބުއްދިވެރިންނަކީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މީހުންނެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކޮށްލުމަށް ހެޔޮ އަމަލުތަކުގައި ހީވާގިވާ މީހުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް