ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިސްޓަރު އަބްދުﷲ މުއްތޮލިބު
ރޯވި ހައުސިންގެ ކުރީގެ ބިމުގައި ކޮމާޝަލް ސެންޓަރެއް ހަދަނީ
ހައުސިން މިނިސްޓްރީ ކުރިން ހިންގި ބިން ހިމެނޭ ސަރަހައްދު ކޮމާޝަލް ސެންޓަރަކާ އެކު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހައުސިން މިނިސްޓްރީގެ އިމާރާތްވަނީ އަނދާ ހުލިވެފައެވެ. އެ ދުވަހުގެ ވަރަށް ހެނދުނު ރޯވި އަލިފާންގަނޑު، ހަތަރު ގަޑިއިރު ފަހުން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް އޮތީ އަނދައި ހުލިވެފަ އެވެ. އެހެންވެ، ޓިނު ބިލްޑިންގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރުމެންޓް މިނިސްޓްރީ އޭރުއްސުރެ ހިންގަނީ ދަރުބާރުގޭގަ އެވެ. ފަހުން ވަނީ ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައިފަ އެވެ.

ގެއްލުން ލިބުނު، ހައުސިން މިނިސްޓްރީގެ ބިން ހިމެނޭ ސަރަހައްދު ކޮމާޝަލް ސެންޓަރަކާ އެކު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު ވިދާޅުވީ މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ އެ ބިމުގައި ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގަން ބޮޑު ސެންޓަރެއް އަޅަން ޕްލޭންކޮށް އެކަމާ ގުޅޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންވެ، ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާ ކަމަކީ އަމީނީ މަގުން އެސްޓީއޯ ކާޑު ގުދަންތައް ކައިރީގައި އޮންނަ އެ ބިން ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރަހައްދަށް ކިޔަން ނިންމާފައިވަނީ "މާލެ ސެންޓަރު ޕޮއިންޓު" އެވެ. އެ ނަމުގައި ތަރައްގީ ކުރާ އެ ސަރަހައްދުގެ މާސްޓަ ޕްލޭނާއި ޑިޒައިން ކޮންސެޕްޓް އަދި ޓެކްނިކަލް އެހީދޭނެ ކޮންސަލްޓަޓެއް ހޯދަން އިއުލާންވެސްކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމާޝަލް ސެންޓަރު ހަދަނީ އަލިފާން ރޯވި އިމާރާތްތައް ހުރި ބިންތަކުގެ ތެރެއިން އެއްބައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް