ads
ސައުދީގެ ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ސައުދީގެ ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ސައޫދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ރާއްޖެ ފަށަން ނިންމައިފި އެވެ.
Advertisement

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަލައިންތައް ހުއްޓާލާފައިވުމާއި އެކު އިތުރު މާކެޓުތަކުން އެއަރލައިންތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.

ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާ ގުޅިގެން ކުރިން 18 ނުވަތަ 19 ފްލައިޓެއް ކެންސަލްވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން އެމިރޭޓްސް، ގަތަރު އެއަރވޭސް އަދި އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައިކަމަށެވެ. އަދި ފްލައި ދުބާއީއާއި އެއާ އަރަބިއާގެ ދަތުރުތައްވެސް ވަނީ ފަށާފައިކަމަށެވެ.

"އަޅުގަނޑަށް އެޑިޝަނަލް ކެރިއަރަސްއެއް ގޮތުގައި ފާހަގަވެފައިއޮތަސް މިހާރު އޮޕަރޭޓްސް ކުރަމުންދާ އެއާލައިންސްތަކުގެ ތެރެއިން ޓާރކިސް އެއިރޯފްލޮޓް މީގެ ވެސް ފްރިކުއެންސީ އިތުރު ކުރެވިގެން ގޮސްފި. އޭގެ އިތުރަށް ފްލައިނަސް އެއާލައިންއިން މިހާރު ފަށަން އެ ތައްތާރުވަނީ ރިޔާދުން ފެށިގެން 3 މެއިން ފެށިގެން. ބެލާވިއާގެ އެއާލައިންގެ ޗާރޓާޑް ޕްރޮގްރާމް އޮގަސްޓުމަހު ފެށިގެންދާނެ" އަމީން ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަޙައްދުގެ އެއާލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަޙައްދުގެ 16 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއާލައިނަކުން އަދި މެދުއިރުމަތީގެ 6 އެއާލައިނަކުން ދަތުރުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;